Last Updated: April 29, 22:11
Monday, April 29, 2024
ޚަބަރު

ހިތަދޫގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކަނޑަނީ

ހިތަދޫގައި ހުންނަ ފެނަކަ ސޭލްސް ސެންޓަރ.އައްޑޫލައިވް ފޮޓޯ: އައިޝަތު ނާޖީ

އައްޑޫ ސިޓީ މަރުކަޒީ އިންޖީނުގޭގެ ސަބްސްޓޭޝަންގެ ޓްރާންސްފޯމަރަކުން ތެޔޮ ލީކު ކުރާތީ އެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިއަދުގެ ހިތަދޫގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކަނޑަމުން ގެންދާނެ ކަމަށް ފެނަކަ އިން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަނުގެ ހިތަދޫ ބްރާންޗުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ގަޑީގައި ކަރަންޓް ކަނޑާލަން ޖެހޭ ސަރަހައްދުތަކުގައި ހިމެނޭ ހުރިހާ ގެއަކަށް މިހާރު ލިޔުން ފޮނުވާފައިވާ ކަމަށެވެ.

އެ ސަރަހައްދުތަކުން ކަރަންޓު ކަނޑާލާނީ މިއަދު ހެނދުނު 8:30 އިން ފެށިގެން ހަވީރު 16:00 އާއި ދެމެދުގެ ގަޑިތަކުގައެވެ.

ފެނަކައިން މައުލޫމާތު ދޭގޮތުގައި މަރާމާތު ކުރުމުގެ މަސައްކަތް ނިިމިިއްޖެ ނަމަ ކަނޑައެޅިފައިވާ ވަގުތުގެ ކުރިން ވެސް އެ ސަރަހައްދުތަކަށް އަލުން ކަރަންޓު ދޭނެ ކަމަށެވެ.