Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ކަރަންޓްގައި ޖެހުނު ކުއްޖާ ވެންޓިލޭޓަރުން ނަގައިފި

ކަރަންޓްގައި ޖެހިގެން ލިބުނު އަނިޔާތަކާ ގުޅިގެން އައިޖީއެޗްގެ ވެންޓިލޭޓަރުގައި އޮތް ކުއްޖާގެ ހާލަރު ރަނގަޅާން ފެށުމުން ވެންޓިލޭޓަރުން ނަގައިފި އެވެ.

ކަރަންޓްގައި ޖެހިގެން ފަރުވާ ދެނީ ލ. ގަމަށް ނިސްބަތްވާ 14 އަހަރުގެ ފިިރިހެން ކުއްޖަކަށެވެ. އެ ކުއްޖާ އީދު ވިލޭރޭ ކަރަންޓްހައި ޖެހިގެން އެންމެ ފުރަތަމަ ފަރުވާ ދިނީ ގަމު ރީޖަނަލް ހޮސްޕިޓަލްގަ އެވެ. އަދި ފަރުވާ އަށް މާލެ ގެންދިޔައީ އިޑު ދުވަހު އެވެ.

އައިޖީއެމްއެޗުން ބުނީ ކުއްޖާ ވެންޓިލޭޓަރުން ނެގީ އިއްޔެ މެންދުރު ކަމަށެވެ. އެކަމަކު އަދިވެސް އޭނަ އަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގަ އެވެ. ޑޮކްޓަރުން އަންނަނީ އެ ކުއްޖާގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.

ފުރާވަރުގެ ކުއްޖާ ކަރަންޓްގައި ޖެހުނީ މަގުމަތީގައި ހުރި ކަރަންޓު ޑިސްޓްރިބިއުޝަން ފޮއްޓަކުން އެކްސްޓެންޝަން ބޯޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގަ އެވެ.