Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

އިމާރާތުން ވެއްޓުނު ކުއްޖާ އަށް އަނިޔާއެއް ނުވޭ

Que no falte la foto con el cartelito para confirmar que llegaste a la isla correcta.

މެދުރާއްޖެތެރޭގެ ރަށެއްގެ އިމާރާތެއްގެ ދެވަނަ ބުރި ވެއްޓުނު ކުޑަކުއްޖާ އަށް ބޭރުފުށުން އަނިޔާއެއް ލިބިފައި ނެތް ކަމަށާއި އޭނާގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ

ރޭ ހިނގި ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އެ ކުއްޖާ މާލެ ގެންގޮސް، އައިޖީއެމްއެޗްގެ ޑޮކްޓަރަކަށް ދައްކާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ވެއްޓުނު ކުއްޖާ އަކީ 11 އަހަރުގެ ކުޑަކުއްޖެކެވެ. އަދި އެ ހާދިސާ ހިނގީ ކ. ގުރައިދޫގަ އެވެ.