ޗެމްޕިއަންސް ލީގްފައި ޕީއެސްޖީ އާއި އާސެނަލް ބައްދަލުކުރާ މިރޭގެ ފައިނަލް މެޗު، މިރޭ ރާއް ޖެގަޑިން 9:00 ގައި މީޑިއާނެޓް ޓީވީ (އެމްޓީވީ) އިން ވަގުތުން ދައްކަން ހަމަޖެހިއްޖެ އެވެ.
މި މެޗް، އޫރިދޫ އެޕްގައިވާ 'ހޮޅުއަށި' މެދުވެރިކޮށް ސަބްސްކްރައިބްކޮށްގެން ވެސް ކަސްޓަމަރުންނަށް ވަގުތުން ބަލާލެވޭނެ އެވެ.
އެ މެދުވެރިކޮށް އެމްޓީވީ ސީޒަން ޕާސް އެކްޓިވޭޓް ކޮށްލުމުން، ސަބްސްކުރިޕްޝަން ފީ ޕްރީޕެއިޑް ކަސްޓަމަރެއް ނަމަ ބެލެންސް އިން ކެނޑޭނެ އެވެ.
އަދި ޕޯސްޓްޕެއިޑް ކަސްޓަމަރެއް ނަމަ މި ފީ ވާނީ އެ މަހެއްގެ ބިލަށެވެ. އެހެންވެ މިއީ ފަސޭހަކަމާއެކު ފުޓްބޯޅަ ފޯރީގައި ބައިވެރިވުމަށް އޫރިދޫން ފަހިކޮށްދިން ވަރަށް ރަނގަޅު ފުރުސަތެކެވެ.
'ހޮޅުއަށި' މެދުވެރިކޮށް އެމްޓީވީ ސީޒަން ޕާސް އެކްޓިވޭޓްކޮށްލަން:
* އޫރިދޫ އެޕް ހުޅުއްވުމަށްފަހު 'ހޮޅުއަށި' އަށް ކްލިކް ކުރައްވާ
* ހިޔާރުކުރައްވާ އެމްޓީވީ ސީޒަން ޕާސް ނަންގަވާ
އޫރިދޫ މޯލްޑިވްސް އަކީ ރާއްޖޭގެ މުޖުތަމައުތަކުގެ ޑިޖިޓަލް ހަޔާތް މުއްސަނދިކޮށްދީ، މުވާސަލާތީ ހިދުމަތްތައް މެދުވެރިކޮށް އިންސާނީ ތަރައްގީއަށް މަގުފަހިކޮށް ދެމުން އަންނަ ކުންފުންޏެވެ. އެގޮތުން ކަސްޓަމަރުންގެ ބޭނުންތައް ބަލައި އެކަންކަމަށް ރިއާޔަތްކޮށް، އާދަޔާހިލާފު އަދި އީޖާދީ ގިނަ ހިދުމަތްތަކެއް ފޯރުކޮށް ދެ އެވެ.