Last Updated: July 23, 12:04
Thursday, July 23, 2026
ކުޅިވަރު

ލިވަޕޫލްގެ ކޯޗުކަމުން ސްލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުގެ މަގާމުގައި ހުރި ނެދަލެންޑްސްގެ އާނާ ސްލޮޓް މަގާމުން ވަކިކޮށްފި އެވެ.

ސްލޮޓް ،47، ވަނީ ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވި ފުރަތަމަ ސީޒަނުގައި އެ ޓީމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. ނަމަވެސް މި ސީޒަން ލިވަޕޫލުން ނިންމާލީ ދަށް ގޮތަކަށެވެ. އެގޮތުން މި ސީޒަނުގައި ލިވަޕޫލުން ކުޅުނު 57 މެޗުގެ ތެރެއިން 20 މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގު ލިވަޕޫލުން ނިންމާލީ ފަސްވަނައިގައި އޮވެ އެވެ.

ލިވަޕޫލުން ނެރުނު ބަޔާނެއްގައި ބުނީ މިއީ ނިންމަން އުނދަގޫ ނިންމުމެއް ކަމަށާއި ކްލަބަށް ކޮށްދިން ހިދުމަތަށް ސްލޮޓް އަށް ޝުކުރު އަދާކުރާ ކަމަށެވެ.

އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާގޮތުން ލިވަޕޫލްގެ ކޯޗުކަމާ ދެން ހަވާލުވުން އެންމެ ގާތީ ބޯންމަތްގެ ކޯޗަކަށް ހުރި ސްޕެއިންގެ އެންޑޮނީ އިރައޯލާ އެވެ.