Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

މަޖިލީހުން ލިބޭ މުސާރަ ފިޔަވައި އެހެން ފައިސާއެއް ނުލިބޭ

މެންބަރު އިބްރާހިމް ޝުޖާއު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުން ލިބޭ މުސާރަ ފިޔަވައި، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންނަށް އިތުރު އެހެން ފައިސާއެއް ނުލިބޭ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާޢު މިހެން ވިދާޅުވީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންނަށް ފައިސާ ބަހާފައިވާ ކަމަށް ބުނެ "ޢަދަދު" ނޫހުން ރިޕޯޓުކޮށްފައިވާ ހަބަރަކާއި ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޝުޖާއު ވިދާޅުވީ ޕީއެންސީ ޕާލަމެންޓް ގްރޫޕަށް ފައިސާ ބަހައިފި ކަމަށް ޢަދަދު ނޫހުން ރިޕޯޓުކޮށްފައިވާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށެވެ.

"ޕީއެންސީ ޕާލަމެންޓް ގްރޫޕް މެމްބަރުންނަށް ލިބެނީ އެމްޑީޕީ އާއި އެހެނިހެން މެމްބަރުންނަށް ލިބޭގޮތަށް ލިބޭ މަޖިލީހުގެ މުސާރަ،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ޕީއެންސީ ޕީޖީ ގްރޫޕްގެ މެމްބަރުންނާ ގުޅޭގޮތުން މިގޮތަށް ފަތުރާ ދޮގު ޚަބަރުތައް ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ. އަދި ދޮގު ޚަބަރު ފަތުރައި، ފިތުނަ އުފައްދައިގެން ޕީއެންސީގެ ޕީޖީ ގްރޫޕް ރޫޅާލެވޭނެ ކަމަށް ދެކުމީ މޮޔަކަމެއް ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.