Last Updated: July 22, 12:00
Wednesday, July 22, 2026
ޚަބަރު

ގެމަނަފުށީގައި ވެސް ބިދޭސީންގެ މާރާމާރީއެއް

ގއ. ގެމަނަފުށީގައި ބިދޭސީންތަކެއް މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަންް ފަށައިފި އެވެ.

ފުލުހުން ބުނީ އެ ރަށުގައި ދެ ބީދޭސީއެއްގެ މެދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިންގިކަމުގެ ރޕޯޓް ލިބުނީ ރޭ 11:00 އެހާކަންހާއިރު ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި މީހާއަށް ގެމަނަފުށީ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ ދިނުމަށް ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދު އެ ހާދިސާ ހިނގި ސަރަހައްދުން ބިދޭސީ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

މާލޭގެ އާޓިފިޝަލް ބީޗްގައި ވެސް ބިދޭސީންތަކެއް އިއްޔެ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.