Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

ކުޑަރަށް ރިސޯޓް ވިއްކާލައިފި

އދ. ކުޑަރަށް ރިސޯޓް ކުއްޔަށް ހިފާފައިވާ ފަރާތުން ވިއްކާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ އެ،ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމެންޓުގެ ދަށުން، އެ ރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ޙައްޤުތައް، އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅާވާފައިވާތީ، ރަށާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްތޯ ބަލަން ވެސް އިއުލާނުކޮށްފަ އެވެ.

އެންއެޗް ކުޑަރަށް ރިސޯޓަކީ ކުރިން ބަރޮސް ބްރޭންޑާއި އަމާޔާ ގްރޫޕުން ހިންގަމުން އައި "ކުޑަރަށް" ރިސޯޓު، ބައިނަލްއަގުވާމީ މަޝްހޫރު ހޮޓެލް ޗެއިންއެއް ކަމަށްވާ މައިނާ ހޮޓެލްް (އަނަންތަރާ އަދި އަވާނީ ފަދަ ބްރޭންޑްތައް ހިންގާ ކުންފުނި) އިން ގަނެ، އެ ކުންފުނީގެ ބްރޭންޑްގެ ދަށުން އަލުން ރީބްރޭންޑްކޮށްގެން ހިންގަމުން އަންނަ ބުޓީކް ރިސޯޓެކެވެ.

މިއީ މި ބްރޭންޑުން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓް ވެސް މެ އެވެ.

ކުޑަ ރަށް ރިސޯޓަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރައިގެން ސީޕްލޭންގައި ގާތްގަނޑަކަށް 25 މިނެޓުން ދެވޭނާ ދުރުމިނުގައި އޮންނަ ރިސޯޓެކެވެ.

ގާތްގަނޑަކަށް ހަ ހެކްޓަރުގެ ރިސޯޓުގައި 51 ވިލާ އަދި ސުއިޓް ހިމެނެ އެވެ.