Last Updated: July 23, 10:33
Thursday, July 23, 2026
ޚަބަރު

މެންދުރު ފަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކި ކުރަން މިއަދު ހެނދުނަށް އެޖެންޑާކުރި ޖަލްސާގެ ކުރިން އޭނާ އިސްތިއުފާ ދެއްވާފައިވާތީ މިއަދު މެންދުރަށް ޖަލްސާއެއް ތާވަލުކޮށްފި އެވެ.

ނާޒިމު އިސްތިއުފާ ދެއްވީ ހެނދުނު 9:00 ގައި ޖަލްސާ ފަށަން ކުޑަ ވަގުތުކޮޅެއް ކުރިންނެވެ.

އެހެންވެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުالله ވިދާޅުވީ ނާޒިމް އިސްތިއުފާ ދެއްވާފައިވާތީ އެ މައްސަލަ ނިމިފައިވާ ކަމަށެވެ. އަދި މިއަދު މެންދުރު ފަހު 01:00 ގައި ޖަލްސާއެއް ބާއްވާނެކަން އޭނަ އިއުލާން ކުރެއްވި އެވެ.

ނާޒިމު ވަކިކުރަން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީން ހުށަހެޅި އޭނަ މަޖިލީހުގެ މަސްލަހަތު ނަގައިލަން އުޅުއްވާ ކަމަށް ތުހުމަތުކޮށެވެ. ނަމަވެސް އޭނަގެ މައްޗަށް ކުރި ތުހުމަތުތައް ނާޒިމު ވަނީ އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވި ސިޓީގައި ދޮގު ކުރައްވާފައިވެ އެވެ.