އައްޑު އަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ފޭދޫގެ ބައެެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެ އެވެ.
ރޭ މެންދަމުން ފެށިގެން ބޯކޮށް ވާރޭވެހުމުފެ ސަބަބޔބް ބައެއް މަގުތަކުގައި ފެން ބޮޑުވުމުން، ފެން ހިންދުމުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަ ސްޓޭޝަނުން ހަރަކާތްތެރިވެފައިވެ އެވެ.

އެމްއެންޑީއެފުން ބުނީ ޕަމްޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތުގައި މެންދަމުން ފެށިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަ ސްޓޭޝަނުގެ ފަޔަ ފައިޓަރުން މިއަދު ހެނދުނު 10:10 ހާއިރު ވަންދެން ހަރަކާތްތެރިވި ކަމަށެވެ.

އެގޮތުން މަގުތަކުގައި ބޮޑުވެފައި ހުރި ފެންގަނޑު ހިއްކައި، މިހާރު އާންމު ހާލަތަކަށް ގެނެވިފައިވާ ކަމަށް ވެސް ބުންޏެވެ.