Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

ވިއްސާރައިގައި ހިތަދޫ ދެ ގެއެއްގެ ފުރާޅު އެއްލާލައިފި

ރޭ ކުރި ވިއްސާރައިގައި އައްޑޫ ހިތަދޫގައި ދެ ގެއެއްގެ ފުރާޅު އެއްލާލައުފި އެވެ.

އެމްއެންޑީއެފުން ބުނީ، ވިއްސާރަގައި ގަދަ ވަޔާއެކު ފުރާޅު އެއްލައިލީ، ހިތަދޫ ހުޅުދުއާގެއާ އި އޯކަމްލިވާ ގޭގެ އެވެ. އެކަމާ ގުޅިގެން އެ ސަރަހައްދުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުންޏެވެ.

ހިތަދޫގެ ގެތަކެއްގެ ފުރާޅު އެއްލާލި ހާދިސާ އައްޑޫ ސިޓީ ކައުންސިލަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.

ރޭގެ ވިއްސާރައިގައި ފޭދޫގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެގެން ފެން ހިންދުމުގެ މަސައްކަތް ވެސް ސިފައިން ކޮށްފައިވެ އެވެ.