ރައްޔިތުންގެ މަޖިލިހަށް އާ ނައިބު ރައީސަކު އިންތިހާބު ކުރުމުގެ ޖަލްސާ މާދަމާ އަށް ފަސްކޮށްފި އެވެ.
އެ ޖަލްސާ ބާއްވަން އޮތީ މިއަދު މެންދުރު ފަހު 1:00 ގަ އެވެ.
މަޖިލީހަށް ނައިބު ރައީސަކީ ހޮވުނީ އެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ވަކިކުރުމުގެ މައްސަލަ މިއަދު ހެނދުނުގެ ޖަލްސާ އަށް އެޖާންޑާކޮށްފައި ވަނިކޮށް، ޖަލްސާ ފެށުމުފެ ވަގުތުކޮޅެއް ކުރިން އޭނަ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީން ނާޒިމު ވަކިކުރުމުގެ މައްސަލަ ހުށަހެޅީ އޭނަ މަޖިލީހުގެ މަސްލަހަތު ނަގައިލަން އުޅުއްވާކަމަށް ތުހުމަތުކޮށެވެ. އެކަމަކު އެކަން ނާޒިމު މިއަދު ނެރުއްބި ބަޔާނެއްގައި ދޮގު ކުރައްވާފައިވެ އެވެ.
ނާޒިމަށް މަޖިލިހުގެ ނައިބު ރައީސްކަން ލިބިވަޑައިގަތީ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނެގި 2024 ގައި ވޯޓުގައި 80 ވޯޓު ހޯއްދަވައިގެންނެވެ. އޭނައާ ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދުދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ.
ނާޒިމަކީ 17 ވަނަ މަޖިލީހުގައި ވެސް ނައިބު ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ.