Last Updated: July 22, 11:11
Wednesday, July 22, 2026
ދުނިޔެ

ތިން ގައުމަކުން ކަނޑު އަޑީގެ ޑްރޯން ޓެކްނޮލޮޖީއަކަށް

ތިން ގައުމެއް ގުޅިގެން ކަނޑުއަޑީގެ ޑްރޯން ޓެކްލޮޖީއެއް ތަރައްގީ ކުރަން އެއްބަސްވެއްޖެ އެވެ.

އެ ތިން ގައުމަކީ އެމެރިކާ އާއި އިނގިރޭސިލާތާއި އޮސްޓްރޭލިއާ އެވެ. ތިން ގައުމުގެ ޑިފެންސް މިނިސްޓަރުން މިކަން އިއުލާންކުރެއްވީ އިއްޔެ ސިންގަޕޫރްގައި އޮތް ސެކިއުރިޓީ ސަމިޓްގެ ތެރޭގަ އެވެ.

ތިން ގައުމުގެ ގުޅިގެން ތަރައްގީކުރާ ފެނު އަޑީގެ ޑްރޯން ޓެކްނޮލޮޖީ، އަންކްރޫޑް އަންޑަސީ ވެހިކަލް ޔޫޔޫވީ) ގެ މަސައްކަތް އަންނަ އަހަރު ނިންމަން އަމާޒު ވަނީ ހިފައިފަ އެވެ.

ތިން ގައުމުގެ ގުޅިގެން 2021 ގައި ސޮއިކޮށްފައި އޮތް އޯކަސް އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއަކީ ކަނޑުއަޑީގެ ކޭބަލްތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި ތިން ގައުމުގެ މެދުގައި ދިފާއީ ގުޅުން ވެސް އިތުރަށް ވަރުގަދަ ކުރަން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށިން ނިއުކްލިއާ ސަބްބެރިން ތަރައްގީކޮށް، އެކަމާ ގުޅޭ މައުލޫމާތު އެއް ގައުމުން އަނެއް ގައުމަށް ހިއްސާކުރަން ވެސް އޮތީ އެއްބަސްވެފަ އެވެ.

ޔޫޔޫވީ މަޝްރޫއަށް ހަރަދުވާނެ ވަރެއް ތިން ގައުމުން ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އިނގިރޭސިވިލާތެ ޑިފެންސް ސެކްރެޓަރީ ޖޯން ހީލީ ވިދާޅުވީ އެ ގައުމުން މި މަޝްރޫއަށް 150 މިލިއަން ޕައުންޑް (201 މިލިއަން ޑޮލަރު) ހޭދަކުރާނެ ކަމަށެވެ.

ޔޫޔޫވީ ޕްރޮޖެކްޓާ ގުޅޭ ގޮތުން ތިން ގައުމު ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ މީގެ ސަބަބުން ކަނޑުއަޑީގެ އިންފްރާސްޓްރަކްޗާތަކުގެ ސަލާމަތާއި ރައްކާތެރިކަން ވަރަށް ބޮޑަށް ކަށަވަރު ކުރެވޭނެ ކަމަށެވެ.