Last Updated: April 29, 22:11
Monday, April 29, 2024
ޚަބަރު

ގައުކެނޑި ސަރަޙައްދު ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ޑްރަގް ޓްރީޓްމެންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ފަރާތުން އިސްނަގައިގެން އައްޑޫސިޓީގެ ރައްޔިތުން ޕިކްނިކަށް އާންމުކޮށް ގޮސް އުޅޭ ގައުކެނޑި ސަރަޙައްދު ސާފުކޮށްފިއެވެ.

ގައުކެނޑި ސަރަޙައްދު ސާފުކުރުމަށް އިއްޔެ ހެނދުނު 7:00 އިން 10:00 އަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި އެ ސެންޓަރުގައި ފަރުވާ ހޯދަމުންދާ ކްލަޔަންޓުން ބައިވެރިވެފައިވެއެވެ.

ޑިޓޮކްސިފިކޭޝަން ސެންޓަރުގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް ވިދާޅުވީ، އެ ހަރަކާތުގެ މައިގަނޑު ބޭނުމަކީ އެ ޒުވާނުންނަކީ މުޖުތަމައު ބަލައިގަންނަ މަސައްކަތްތެރި ބައެއްކަން އަންގައި ދިނުން ކަމަށާއި އަދި މިއަދު ފެށި މަސައްކަތަކީ އެ ސެންޓަރުގައި ފަރުވާ ހޯދާ ފަރާތްތަކުން އިޖްތިމާޢީ މަސައްކަތް ތަކުގައި ހޭދަކުރަންޖެހޭ ގަޑިއިރު ހަމަކުރުމުގެ ގޮތުން ހިންގި ޕްރޮގްރާމެއް ކަމަށެވެ.

މި މަސައްކަތުގައި ޑިޓޮކްސިފިކޭޝަން ސެންޓަރުގެ އިތުރަށް އައްޑޫގައި މަސައްކަތް ކުރާ ފުލުހުންނާއި، އެމްއެންޑީއެފް ސަދަން އޭރިޔާގެ ސިފައިންނާއި، ސިޓީ ކައުންސިލްގެ މުވައްޒަފުން އަދި އެމްއާރްޑީސީގެ މުވައްޒަފުން ވެސް ވަނީ ބައިވެރިވެފައެވެ.

" އަޅުގަނޑުމެންނަށް ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބުނު ޕޮލިހާއި އެމްއެންޑީއެފް އަދި ކައުންސިލްގެ ފަރާތުން. ވަކިން ޙާއްސަ ގޮތެއްގައި އެމްއާރްޑީސީގެ އެހީތެރިކަން ފާހަގަކުރަން." ޑިޓޮކްސް ސެންޓަރުގެ އޮފިޝަލަކު ވިދާޅުވިއެވެ.