Last Updated: July 23, 13:59
Thursday, July 23, 2026
ޚަބަރު

ރައީސްގެ ތައުޒިޔާ ތުރުކީ އަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީގެ ރައީސް އުރުދުގާން އާއި ބައްދަލު ކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް

ތުރުކީވިލާތުގެ ހުޅަނގު ބިތުގައި ބަހެއް އެކްސިޑެންޓްވެ ހިނގި ހިތާމަވެރި ހާދިސާއާއި ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާނަށް ތަޢުޒިޔާ ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އިއްޔެގެ ވަގުތެއްގައި ދަތުރުވެރިން ގޮވައިގެން ދިޔަ ބަހެއް އެކްސިޑެންޓްވެ، އަލިފާން ރޯވުމުގެ ސަބަބުން 8 މީހެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކު ޒަޚަމްވި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށް ވިދާޅުވެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެމަނިކުފާނު ވަނީ، މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށާއި، ތުރުކީވިލާތުގެ ސަރުކާރަށާއި ރައްޔިތުންނަށް، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ފޮނުއްވާފައެވެ. މި ހިތާމައިގެ ދަނޑިވަޅުގައި، ދިވެހި ރައްޔިތުންގެ ހެޔޮ ދުޢާތައް ވަނީ މަރުވި މީހުންގެ ޢާއިލާތަކާއެކުގައި ކަމަށް ވިދާޅުވެ، އެ ފަރާތްތަކަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެން އެމަނިކުފާނު ދުޢާކުރައްވާފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ، މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވަމުންނެވެ.