Last Updated: July 21, 18:02
Wednesday, July 22, 2026
ޚަބަރު

ލޯންޗެއް އެކްސިޑެންޓްވެ، ދެ މީހަކަށް އަނިޔާވެއްޖެ

ލޯންޗް އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެ އެވެ.

މިއަދު ހެނދުނު ހިނގި އެ އެކްސިޑެންޓުގައި ލޯންޗަށް ބޮޑު ގެއްލުންތަކެއް ވެފައިވާ އިރު، އޭގެން ދަތުރުކުރި ދެ މީހުންނަށް ވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ.

އެމްއެންޑީއެފުން ބުނީ ދެ މީހުންނާއެކު ދަތުރުކުރި "ޓުއާ ގާޑް" ނަމަކަށް ކިޔާ ލޯންޗެއް އެކްސިޑެންޓްވެގެން، އެމްއެންޑިއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށް ދޭން ފަށާފައިވާ ކަމަށެވެ.

އެ ހާދިސާގައި ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް ބޮޑެތި އަނިޔާތަކެއް ލިބިގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި ލޯންޗަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.