Last Updated: July 22, 11:11
Wednesday, July 22, 2026
ދުނިޔެ

މެލޭޝިއާގައި 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާ!

މެލޭޝިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކޮށްފި އެވެ.

އެ ގައުމުން މިއަދުން ފެށިފެން މިކަން ތަންފީޒު ފެށުމާ ގުޅިގެން މި އުސޫލަށް ތަބާނުވާ ސޯޝަލް މީޑިއާ ކުންފުނިތައް ޖޫރިމަނާ ވެސް ކުރާނެ އެވެ. އެގޮތުން އުސޫލަށް ކުންފުނިތަކުން އަމަލު ނުކުރާ ނަމަ 10 މިލިއަން ރިންގިޓް (2.5 މިލިއަން ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރާނެ އެވެ.

މެލޭޝިއާގެ ސަރުކާރުން 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރީ އޭގެ ސަބަބުން ކުޑަކުދިންނަށް ދިމާވަމުންދާ ތަފާތު އެކި ކަހަލަ މައްސަލަތަލުން އެ ކުދިން ރައްކާތެެރިކޮށް ހިމާޔަތް ކުރުމުގެ ގޮތުންނެވެ. ސޯޝަލް މީޑިއާގައި ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން ސިއްހީ، ނަފުސާނީ މައްސަލަތަކުގެ އިތުރުން ސައިބަބްލީ ފަދަ ކަންކަމާ ކުރިމަތިވެ އެވެ.

މީގެ ސަބަބުން ކުދިންނަށް ނޭދެވޭ އެތައް އަސަރެއް ކުރެ އެވެ.

މެލޭޝިއާ އިން 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރި މި ފިޔަވަޅު އެންމެ ފުރަތަމަ އެޅި ގައުމަކީ އޮސްޓްރޭލިއާ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 10 އިން ފެށިގެން އެ ގައުމުގައި ވަނީ 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކޮށްފަ އެވެ.

އޭގެ ފަހުން މި ފިޔަވަޅު އެޅި ގައުމުތަކުގެ ތެރޭގައި ފްރާންްސް އާއި ގްރީސް ވެސް ހިމެނެ އެވެ.

ޔޫރަޕްގެ އިތުރުން އޭޝިއާގެ ވަރަށް ގިނަ އިތުރު ގައުމުތަކަކުން ވެސް އަންނަނީ މި ފިޔަވަޅު އެޅުމާ މެދު ވަރަށް ސީރިއަސްކޮށް ވިސްނަމުންނެވެ.