އާންމުންގެ ތެރޭގައި ވަރަށް މަޝްހޫރުވި ހިންދީ ލަަވައެއް ކަމަށްވާ "އާޖްކަލް ތެރެ މެރެ ޕިޔާރު ކޭ ޗަރުޗޭ" ގެ އަޑުގެ ވެރިޔާ ސުމަން ކަލިއަންޕޫރް މަރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ އޭނަ މަރުވީ ރޭގެ ވަގުތެއްގައި ކަމަށެވެ. ސުމަން މަރުވި އިރު އުމުރަކީ 89 އަހަރު އެވެ.
އޭނަ އަކީ 1960-1970 ގެ ތެރޭގައި ވަރަށް ގިނަ ހިންދީ ފިލްމުތަކަށް ލަވަކިޔާފައިވާ ފަންނާނެކެވެ. އެގޮތުން 1968 ގެ ފިލްމު "ބްރަމްޗާރީ" އަށް ސުމަން އާއި މުހައްމަދު ރަފީ ކިޔައިދިން "އާޖްކަލް ތެރެ މެރެ ޕިޔާރު ކޭ ޗަރުޗޭ" އަކީ އަބަދަށް ފެހި ލަވައެކެވެ. ޝައްމީ ކަޕޫރާއި މުމްބާޒްގެ ނެށުންތަކެއް ފެނިގެންދާ އެ ލަވައިގައި މުމްތާޒް ބޭނުންކޮށްފައިވާ އޮރެންޖް ކުލައިގެ ސާޅީ އަކީ މިހާރު ވެސް ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލު ފެޝަން ޓްރެންޑެކެވެ.
ސުމަންގެ ފާހަގަކޮށްލެވޭ އިތުރު ބައެއް ލަވަތަކުގެ ތެރޭގައި "ނާނާ ކަރުތޭ ޕިޔާރު ތުމީ ސޭ" އަދި "ތުމްނޭ ޕުކާރާ އޯމް ރަމް ޗަލޭ" ފާހަގަކޮށްލެވެ އެވެ.
ސުމަން މަރުވި އިރު އަންހެން ދަރިޔަކު ދުނިޔޭގައި އެބަހުއްޓެވެ. އޭނަގެ ޖަނާޒާ އޮންނާނީ މިިއަދު މެންދުރެވެ.