ޑައިރެކްޓަރި ފާތުމަތު ނަހުލާގެ އާ ފިލްމު 'މަޖުނޫނު' ގެ ކާސްޓާ ވާޝިޔާ މުހައްމަދު ވެސް ގުޅިއްޖެ އެވެ.
މިކަން އެ ފިލްމުުގެ ޓީމުން އިއުލާންކޮށް ބުނީ ހުނަރުވެރި ބަތަލާ ފިލްމުން ފެންނާނީ މިލީ ކިޔާ ކެރެކްޓާއަކުން ކަމަށެވެ. 'މަޖުނޫނު' ކާސްޓާ ވާޝިޔާ ގުޅުނު އިރު، މިއީ ނަހުލާއާ އެކު އޭނަ މަސައްކަތްކުރާ ދެވަނަ ޕްރޮޖެކްޓެވެެ. އޭނަގެ މިދިޔަ އަހަރުގެ ފިލްމު 'ސޮރީ' ގައި ވެސް ވާޝިޔާ މުހިއްމު ރޯލެއް ކުޅެފައިވެ އެވެ.
މި ބަތަލާ އަކީ މީހާރު ފިލްމީ ދާއިރާ އިން އެންމެ ފާހަގަކޮށްލެވޭ އެއް ބަތަލާ އެވެ. އޭނަގެ ތިން ފިލްމެއް މިދިޔަ އަހަރު ރިލީޒްވި އެވެ. އެއީ 'ސޮރީ' ގެ އިތުރުން 'އަބަދަށް' އާއި 'ކަނބުލޮ' އެވެ. ވާޝިޔާ އަކީ މަޝްހޫރު ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ގެ ދެވަނަ ފީޗާ ފިލްމު 2024 ގެ 'ލަސްވިޔަސް' ގެ ވެސް ބަތަލާ އެވެ.
ލޯބީގެ ތަފާތު ވާހަކައެއް ކިޔައި ދޭނެ ނަހުލާގެ 'މަޖުނޫނު' ގެ ލީޑް ކާސްޓުންނަކީ އަހުމަދު ޝާރިފާއި މަރިޔަމް ޝިފާ އެވެ.
މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ މި އަހަރުގެ އޮކްޓޯބަރު 26 ގަ އެވެ.