Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ކާޑު ލިމިޓަށް އަވަސް ބޮޑު ލުއެއް ލިބޭނެ: ރައީސް

މި މިސް ނިމޭ އިރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ކުރާ ބޭރު ފައިސާގެ މުއާމަލާތްތަކަށް މިހާރު ގެނެސްފައިވާ ލިމިޓްތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނުގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ބޭންކަށް ދަތިތަކެއް ދިމާވެގެން މިހާރު ކާޑުތަކުގެ ލިމިޓް ކުޑަކޮށްފައި އޮތަސް އެކަމަށް މި މަސް ނިމޭ އިރު ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.

"މި މަސް ނިމޭ އިރު އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ތަނުން ލުއިކޮށް ދޭނެކަމުގެ އިޝާރާތެއް ކުރައްވާފައި ވަނީ." ރައީސް ވިދާޅުވި އެވެ.