Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

މުދިމަކު އެއްޖިންސުން ގުޅުން ހިންގި މައްސަލައެއް

ބ. ގޮއިދޫ މިސްކިތު މުދިމު އެއްޖިންސުން ގުޅިން ހިންގާފައިވާ ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި އެވެ.

އެގޮތުން އޭނަގެ ބަދުއަހުލާގީ އަމަލުތަކެއް ހިމެނޭ ވީޑިއޯއެއް ވައިބާ ގްރޫޕެއްގައި ހިއްސާކުރި މައްސަލައެއް މިދިޔަ ހަފުތާގެ ބުދަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން އެ ވީޑިއޯ ފެތުރި މައްސަލަ އާއި އެ ވީޑިއޯގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ކަންކަން ވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެެ.

އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މުދިމަކީ ގޮއިދޫގައި ހުރި ހަމައެކަނި މިސްކިތުގެ އިމާމެވެ. އަދި އޭނަ އަކީ ހާފިޒެކެވެ.