Last Updated: June 4, 23:58
Thursday, June 4, 2026
މުނިފޫހިފިލުވުން

ކަރިޝްމާގެ 'ބްރައުން' 5 ގައި

ބަތަލާ ކަރިޝްމާ ކަޕޫރްގެ އާ ސީރީޒް 'ބްރައުން' މި މަހުގެ 5 ގައި ޒީ5 އިން ޕްރީމިއާ ކުރަން ނިންމައިފި އެވެ.

މިހާރު ޓްރެއިލާ ވެސް އާންމުކޮށްފައިވާ މި ސީރީޒަކީ އަބިނޭ ޑިއޯ ހަހަދާފައިވާ ކްރައިމް ތުރިލާއެކެވެ. އޭނަ އަކީ ކާމިޔާބު ފިލްމުތައް ކަމަށްވާ 'ދިއްލީ ބެލީ' އާއި ފޯސް 2' ގެ ޑައިރެކްޓަރެވެ. އަބިނޭގެ އެންމެ ފަހުގެ ފިލްމަކީ 2024 ގެ އެކްޝަން ތުރިލާ 'ސާވީ' އެވެ.

ކަރިޝްމާގެ ވަރަށް ތަފާތު ކެރެކްޓާއެއް ފެންނާނެ 'ބްރައުން' ގައި އޭނަ ކުޅެފައި ވަނީ ރީޓާ ބްރައުން ކިޔާ ފުލުހެއްގެ ރޯލެވެ. މީގެ ކާސްޓްގައި ސޫރިއާ ޝަރުމާ އާއި ކުރީގެ ބަތަލާ ހެލެން ވެސް ހިމެނެ އެވެ.

ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ބޮލީވުޑްގައި އެންމެ ވިދި ބަތަލާއިންގެ ތެރޭގައި ހިމެނޭ ކަރިޝްމާ އާ ސީރީޒަކުން ބެލުންތެރިންނާ ބައްދަލު ކުރަން ތައްޔާރުވަމުން އަންނަ އިރު، އޭނަ ކުރިން ވެސް ވެބް ސީރީޒެއް ކުޅެފައިިވެ އެވެ. އެއީ ކަޕޫރް ޕްރޮޑިއުސްކުރި 2020 ގެ 'މެންޓަލްހުޑް' އެވެ.

މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރްގެ އެއްބަނޑު އެއްބަފާ ދައްތަ، ކަރިޝްމާ، 51، އެންމެ ފަހުން ފެނިިފައިވާ ފިލްމަކީ 2024 ގެ މިސްޓްރީ ތުރިލާ 'މާޑާ މުބާރަކް' އިންނެވެ.