ކުޑަކުދިން މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރުވިކަމުގެ ތުހުމަތުގައި ގއ. ވިލިނގިލިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައިވަނީ އެ ނެޓްވޯކުގެ އިސް ފަރާތްތަކުގެ ގޮތުގައި ފާހަގަކުރެވޭ ގއ. ވިލިގިނގިލި، އެތެންސް މުޙައްމަދު ޢަޠޫފް ޙަބީބް، 25، އާއި އެ ރަށު ދެތަޑިމާގޭ މުޙައްމަދު ރާއިފް ޙުސައިން، 20، އެވެ
އެ މީހުން ހައްޔަރުކޮށްފައިވަނީ ކުޑަކުދިން ބައިވެރިކޮށްގެން މަސްތުވާތަކެތި ވިއްކާ ފަރާތްތަކަށް އަމާޒުކޮށް، ވިލިނގިލި ޕޮލިހާއި ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިދިޔަ މަހުގެ 28 ގަ އެވެ.
މި އޮޕަރޭޝަނުގައި ހަތަރު ގެއެއް ބަލައިފާސްކޮށް، ޖުމްލަ 66.92 ގްރާމް މަސްތުވާތަކެތި ހޯދާފައިވެ އެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަޠޫފްގެ ބަންދަށް 15 ދުވަސް އަދި ރާއިފްގެ ބަންދަށް 10 ދުވަސް ޖަހާފައިވެ އެވެ.