Last Updated: July 23, 14:58
Thursday, July 23, 2026
ޚަބަރު

މީދޫން ވެސް އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަނީ

ގެމަނަފުށީ މަސްދޯންޏެއް، ފޮޓޯ ގެމަނަފުށީ މަސްވެރިން އެފްބީ ޕޭޖް

އެސްޓީއޯގެ ޝެޑް ރޭޓުގައި ދ. މީދޫއިން މަސްދޯނިތަކަށް ތެޔޮ ލިބޭނެ އިންތިޒާމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ހަމަޖައްސައިފި އެވެ.

އެކްސްގައި ކުރި ޕޯސްޓުގައި ފިޝަރީޒް މިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން "ފަހި ހަކަތަ" ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ ހުރިހާ މަސްދޯނިފަހަރަކަށް ސަބްސިޑައިޒް އަގުގައި ދ. މީދޫއިން ތެޔޮ ލިބޭނެ ކަމަށެވެ.

މިދިޔަ މެއި މަހު ސަރުކާރުން ވަނީ މީދޫގައި ފިއުލް ސަޕްލައި މޯލްޑިވްސްގެ ފިއުލް ސްޓޭޝަނެއް ގާއިމުކޮށް ހިދުމަތް ދޭން ފަށާފައެވެ.

ދ. މީދޫގައި ފެށި މި ހިދުމަތާއެކު ޖުމްލަ 14 ރަށެއްގައި އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެއެވެ.