Last Updated: July 22, 12:00
Wednesday, July 22, 2026
ޚަބަރު

ކޯޓުގެ ޝަރުތަކާ ހިލާފުވި މީހަކު ހައްޔަރުކޮށްފި

ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުން ޝަރުތުކޮށް ދޫކޮށްލާފައި ހުރި މީހަކު، ކޯޓުގެ ޝަރުތުތަކާ ހިލާފުވި މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފި އެވެ.

ހައްޔަރުކުރީ އެ ރަށު ނޫރީފެހި، މުޙައްމަދު ޝާވިން ޝިހާމް، 25، އެވެ.

ފުލުހުން ބުނީ އޭނަ މި މަހުގެ 3 ގައި ހައްޔަރުކުރީ ވައްކަމުގެ މައްސަލައަކާ ގުޅިގެން ކަމަށާއި އެ މައްސަލައިގައި ޝާވިން ބަންދުގައި ބެހެއްޓުމަށް ދިން 15 ދުވަހުގެ މުއްދަތު ހަމަވުމުން ކޯޓުން ޝަރުތުކުރުމަށް ފަހު އޭނާ ދޫކޮށްލީ މިދިޔަ މަހުގެ 18 ގައި ކަމަށެވެ.

އަދި ކޯޓުގެ ޝަރުތުތަކާ ހިލާފުވި މައްސަލައާ ގުޅިގެން އޭނަ ހައްޔަރުކުރީ މިދިޔަ މަހުގެ 22 ގަ އެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން މިހާރު ހުރީ ބަންދުކޮށްފަ އެވެ.