ށ. މިލަންދޫގައި ފައިބަރު މަސައްކަތްކުރާ ތަނެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ
ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބުނީ ރޭ 11:09 އެހާކަށްހާ އިރު ކަމަށެވެ.
އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައި ވަނީ ރޭ ދަންވަރު 01:00 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި ތަނަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް މީހަކަށް އަނިޔާވެފައެެއް ނުވެ އެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ފުލުހުން އަންނަނީ މިކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުގައި އަލިފާނުގެ ބޮޑެތި ނުރައްކާތެރި ހާދިސާތައް ވަރަށް ގިނައިން ދަނީ ހިނގަމުންނެވެ. މިފަދަ ބައެއް ހާދިސާތަކުގައި މީހުންގެ ފުރާނަ ވެސް ގެއްލިފައިވެ އެވެ.