Last Updated: July 21, 18:02
Wednesday, July 22, 2026
ޚަބަރު

މ. އަތޮޅު މި މަހު އާރްޓީީއެލް ފެރީ ފަށަނީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް މި މަހުގެ ތެރޭގައި މ. އަތޮޅުގައި ފަށަން ނިންމައިފި އެވެ.

މި ހިދުމަތް ދެމުން އަންނަ އެމްޓީސީސީން މިހާރު އަންނަނީ ދަތުރުތައް ފެށުމުގެ ކުރިން ވާން ޖެހޭ ތައްޔާރީތައްވަމުންނެވެ. އެގޮތުން އާރްޓީއެލް ފެރީގެ ހިދުމަތަށް ހޭލުންތެރިކުރުވުމަށް މ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށް، ޚިދުމަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް އަންނަނީ ބާއްވަމުންނެވެ.

އެމްޓީސީސީން ބުނީ އެ އަތޮޅަށް ހިދުމަތް ފަށާނީ މި މަހުގެ ފަހުކޮޅު ކަމަށެވެ.

ދެހާސް ބާވީހުގައި ތައާރަފުރި އާރްޓީއެލްގެ ދަށުން މިހާރު 15 އަތޮޅެއްގައި އަންނަނީ ފެރީގެ ހިދުމަތް ދެމުންނެވެ. އެ ހިދުމަތް މިހާރު ނުފެށި އޮތް އަތޮޅުތަކަކީ މ. އަތޮޅުގެ އިތުރުން އއ. އދ. ވ. އަދި ކ. އަތޮޅެވެ.

އެންމެ ފަހުން ފެެރީގެ ހިދުމަތް ފެށީ ލ. އަތޮޅުގަ އެވެ. އެއީ މާޗް މަހުގެ ތެރޭގަ އެވެ.

އާރްޓީއެލްގެ ދަށުން އާބާދީ ބޮޑެތި ބައެއް ސަރަހައްދުތަކަަށް އަންނަނީ ބަހުގެ ހިދުމަތް ވެސް ދެމުންނެވެ.