ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ ހައްޖާޖީން އަންނަ ހުކުރު ދުވަހުން ފެށިގެން އަންނަން ފަށާނެ ކަމަށް ދިވެހި ހައްކު މިޝަނުން ބުނެފި އެވެ.
ހައްޖާޖީން އަންނާނީ ހަތަރު ދުވަސް މަތިންނެވެ. އެއީ 5، 7،8 އަދި 9 އެވެ. ރާއްޖެ އިން މި އަހަރު 1،000 މީހުން ހައްޖަށް ދިޔަ އިރު، ހައްޖާޖީން ސައުދީ އަރަބިއްޔާ އަށް ދިޔައީ ވެސް ހަތަރު ދުވަސްމަތިންނެވެ. އެއީ ސައުދީ އެއާލައިނާއި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގަ އެވެ.
ހައްޖާޖީން އެނބުރު އަންނާނީ ވެސް އެ ދެ އެއާލައިންގަ އެވެ. އެއީ ކޮންމެ އެއާލައިނަކުން ދެ ދަތުރެއްގަ އެވެ.