މި މަހު ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ ބޮލީވުޑްގެ ރޮމޭންޓިކް ކޮމެޑީ 'ކޮކްޓެއިލް 2' ގެ ޓްރެއިލާ މިއަދު އާންމުކޮށްފި އެވެ.
މި ފިލްމަކީ ޑައިރެކްޓަރު ހޯމީ އަދަޖާނިއާ 2012 ގައި ގެނެސްދިން ކާމިޔާބު ފިލްމު 'ކޮކްޓެއިލް' އާ ގުޅުވައިގެން ހަދާފައިވާ ފިލްމެކެވެ. ނަމަވެސް އާ ފިލްމުން ފެންނާނީ މުޅިން ތަފާތު ކާސްޓެކެވެ. ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ގެނެސްދޭ 'ކޮކްޓެއިލް 2' ގެ ލީޑް ތަރިންނަކީ ކްރިތީ ސެނަން އާއި ޝާހިދު ކަޕޫރްގެ އިތުރުން ރަޝްމިކާ މަންދަނާ އެވެ.
'ކޮކްޓެއިލް' ގެ ތަރިންނަކީ ސައިފް އަލީ ޚާނާއި ދީޕިކާ ޕަދްކޯންގެ އިތުރުން އަލަށް ތައާރަފުކުރި ޑަޔާނާ ޕެންޓީ އެވެ.
މި ތަރިންނާ ނުލައި 'ކޮކްޓެއިލް 2' ގެނެސްދޭ އިރު، ފިލްމުގެ ވަރަށް ބޮޑުބައި ޝޫޓްކޮށްފައި ވަނީ އިޓަލީގަ އެވެ. އަދި ފިލްމުގެ ސްކްރީންޕްލޭ މި ފަހަރު ލިޔެފައި ވަނީ ލަވް ރަންޖަން އާއި ތަރޫން ޖެއިން އެވެ.
ކޮކްޓެއިލް ލިޔުނީ އިމްތިއާޒް އަލީ އެވެ.
ޑައިރެކްޓަރު ހޯމީއާ އެއްގޮތަށް އާ ފިލްމުގައި އެއްގޮތް އަނެއް ކަމަކީ ދެ ފިލްމުގެ މިއުޒިމް ވެސް ޕްރިތަމް ހަދާފައިވުމެވެ. އަދި ކުރީގެ ފިލްމުގައި ހިމެނޭ ލަވައެއްގެ އާ ވާޝަނެއް ވެސް އާ ފިލްމުން ފެނިގެން ދާނެ އެވެ.
'ކޮކްޓެއިލް 2' ރިލީޒްކުރާނީ މި މަހުގެ 19 ގަ އެވެ.