Last Updated: July 23, 14:58
Thursday, July 23, 2026
ޚަބަރު

ވޯޓާސް ލިސްޓުގައި ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކޮށްފި އެވެ.

ވޯޓާސް ލިސްޓުގައި ސޮއިކުރުން އޮތީ މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އިންތިހާބާއި ބެހޭ މަރުކަޒުގައި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ މި ބައި-އިލެކްޝަންގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ފަރާތުން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު އެވެ.

އީސީން ބުނި ގޮތުގައި މި ބައި-އިލެކްޝަންގައި 4،121 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. އަދި ބައި-އިލެކްޝަނަށް ބައި-އިލެކްޝަނަށް 4،154 ވޯޓު ކަރުދާސް ޕްރިންޓްކޮށްފައިވާ ކަމަށް އީސީން ވަނީ ބުނެފަ އެވެ.

ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ އޮންނާނީ ޖޫން 6 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.