ރާއްޖޭގެ ކުރީގެ ހަ ރައީސުންގެ އަރިހުގައި ހިދުމަތް ކުރެއްވި އިބްރާހިމް ހަލީމް ނިޔާވެއްޖެ އެވެ.
ހަލީމް ނިޔާވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ޙާޞިލުކުރަައްވައިފައިވާ، ޙަލީމް ނިޔާވުމުގެ ހިތާމައިގައި އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
ބައި ގަރުނަށް ވުރެ ދިގު މުއްދަތުގެ އިޚުލާޞްތެރި ޚިދުމަތުގެ ބޮޑުބަޔެއް ޙަލީމް ހޭދަކުރެއްވީ މުލީއާގޭގަައި ކަމަށާއި އެގޮތުން ކުރީގެ 6 ރައީސުންގެ އަރިހުގައި، ކަމޭހިތުމާއި ފަރުވާތެރިކަމާއެކު މަސައްކަތްކޮށްދެއްވައިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
ހަލީމް ނިޔާވުމާ ގުޅިގެން އެ އާއިލާއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.