Last Updated: July 23, 16:49
Thursday, July 23, 2026
ޚަބަރު

1.8 މިލިއަން ރުފިޔާގެ ޑްރަގްސް އަތުލައިގެންފި

ރާއްޖެ އެެތެރެ ކުރި 1.8 މިލިއަން ރުފިޔާ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިރޭ ބުނީ، މެއި މަހުގެ 24 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 941 ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

އަތުލައިގަނެފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު މެތަމްޕެޓަމިންނެވެ.

އެ މަސްތުވާތަކެތީގެ އަގު 1.8 މިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.