Last Updated: July 22, 11:11
Wednesday, July 22, 2026
ޚަބަރު

ވަގަށް ނެގި ފަހާފޮއްޓެއްގެ ވެރިފަރާތް ހޯދަނީ

އައްޑޫ މަރަދޫ ގެއަކުން ވަގަށް ނެގި ފަހާފޮއްޓެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

އައްޑޫ ފުލުހުން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ އެ ފަހާފޮއްޓަކީ މި މަހުގެ 1 ވަނަ ދުވަހު މަރަދޫ ގެއަކުން ވަގަށް ނަގާފައިވާ އެއްޗެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ފަހާފޮށި މިހާރު ވަނީ ގަން ޕޮލިސް ސްޓޭޝަންގައި ކަމަށް ބުންޏެވެ.

އެހެންވެ އޭގެ ވެރިފަރާތުން ފުލުހުންގެ ކޯލް ސެންޓަރުގެ ނަންބަރު 125 އަށް ގުޅައި، ފަހާފޮށި ގެންދަން އެދިފައިވެ އެވެ.