ޕީއެންސީގެ ކޮންގްރެސް ބޭއްވުން އަވަސްކޮށްފި އެވެ.
ވެރިކަން ކުރާ ޕާޓީގެ ކޮންގްރެސް ބާއްވަން ކުރިން ނިންމާފައި އޮތީ މި އަހަރުގެ އޮކްޓޯބަރުގަ އެވެ. ނަމަވެސް ޕީއެންސީން ރޭ ބޭއްވި ބައްދަވުމެއްގައި ވަނީ ކޮންގްރެސް އަވަސްކުރަން ނިންމައިފަ އެވެ.
އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އެއީ ޕާޓީގެ މެންބަރުންގެ މަޖިލީހަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވުމެއް ހުށަހެޅުއްވި ކަމަށެވެ. އެއީ ސީދާ ކޮން ހުށަހެޅުމެއް ކަން އޭނަ ހާމަނުކުރެއްވި ނަމަވެސް، މިއީ ކޮންގްރެސް އަވަސްކުރަން ހުށަހެޅުއްވި ހުށަހެޅުއްވެއް ވަނީ ކަށަވަރުވެފަ އެވެ.
ކޮންގްރެސް ޕާޓީގެ މެމްބަރުންގެ މަޖިލިސް ފެށިގެން ކުރިއަށްދާ ވާހަކަ މިޕާޓީގެ މެމްބަރުންގެ މަޖިލީހުގެ ނިންމުންތަކުގެ މަޢުލޫމާތު ސާފުކުރުމަށް ޝައުޤުވެރިވަޑައިގަންނަވާ އެންމެހައި ފަރާތްތަކަށް ދަންނަވަން.
މެމްބަރުންގެ މަޖިލީހަށް ރައީސް ޑރ @MMuizzu މިރޭ ހުށައެޅުމެއް… pic.twitter.com/CvQhjS00pJ— Ibrahim Shujau (@IbrahimShujaau) June 2, 2026
ޝުޖާއު ވިދާޅުވީ ރައީސްގެ ހުށަހެޅުއްވުން ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފައި ކަމަށެވެ. ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ ރޭގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ވެސް ރައީސެވެ.
ޕީއެންސީން ބުނީ ކޮންގްރެސް ބާއްވާނެ ސީދާ ތާރީޚެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.