Last Updated: June 4, 13:43
Thursday, June 4, 2026
ދުނިޔެ

ގަންނަ ތަކެތި އުފުއްލައި ދިނުން ވިޔަފާރިއަކަށް!

ބާޒާރުކުރަން ނުކުންނަ މީހުން ގަންނަ ތަކެތި އުފުލައިދޭ ހިދުމަތެއް އިންޑިއާގައި ތައާރަފުކޮށްފި އެވެ.

މުޅިން އަލަށް ވެރިރަށް ނިއު ދިއްލީގައި އާ ސްޓާޓަޕެއްގެ ގޮތުގައި ފެށި މި ހިދުމަތުގެ ނަމަކީ 'ކެރީމެން' އެވެ. އޭގެ މާނަ އަކީ ބާޒާރުކުރާ މީހުން ގަންނަ ތަކެތި އުފުލައި ދިނުމެވެ. އެގޮތުން ތަކެތި އުފުލައި ދޭން އެހީތެރިއެެއް ބޭނުންވާ ނަމަ މީހަކު ކުއްޔަށް ހިފިދާނެ އެވެ.

އެއީ ބައި ގަޑިއިރަށް ނަމަ 79 ރުުޕީސް (0.83 ޑޮލަރު) އެވެ. 'ކެރީމެން' އިިން އެންމެ ގިނަ އިރަށް މީހަކު ކުއްޔަށް ނެގޭނީ ހަތަރު ގަޑިއިރަށެވެ. އަދި ބޭނުން ވަނީ ވަކި ޖިންސެއްގެ އެސިސްޓަންޓަކު ވެސް އިހުތިޔާރު އޮންނާނެ އެވެ.

'ކެރީމެން' ގެ ހިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް މިހާރު ލިބެމުން އަންނަ އިރު، ގިނަ ބަޔަކު ބުނެފައި ވަނީ މިއީ ހަމަ ވަރަށް ރަނގަޅު ހިދުމަތެއް ކަމަށެވެ. ހާއްސަކޮށް ކުޑަކުދިން ގިވައިގެން ބާޒާރު ކުރަން ނުކުމެ އުޅޭ އިރު، ގަންނަ ތަކެތި އަޅާފައިވާ ކޮތަޅު އުފުއްލައި ދޭނެ މީހަކު ހުރުމަކ ވަރަށް ބޮޑު ލުއެއް ކަމަާް ބައެއް މީހުން ބުނެފަިވެ އެވެ.

'ކެރީމެން' އަކީ ދަރިން ވެސް ތިބި ދެ އަންހެނަކު ވެސް ހިއްސާވެގެން ފެށި ސްޓާޓަޕެކެވެ. އެއީ ދެ އެކުވެރިން ކަމަށްވާ ރީޓާ ކަންދާރީ ސްރިވަސްތާވް އާއި ކަނިޝްކާ މަލްއުތުރާ އެވެ. އެ މީހުން ކިޔައި ދިން ގޮތުގައި މި ހިދުމަތުގެ ފެށުމަކީ ވިޔަފާރި ކުރަން ނުކުމެ އަމިއްލަ އަށް ކުރަން ޖެހުނު އުނދަގޫ ތަޖުރިބާތަކަކާ ގުޅިގެން އައި ހިޔާލެއްގެ މައްޗަށް ފެށުނު ވިޔަފާރިއެކެވެ.

އެހެންވެ 'ކެރީމެން' ރަޖިސްޓްރީކޮށް އެންމެ ފުރަތަމަ އެ ހިދުމަތް އެޕްރީލްގައި ތައާރަފުކުރީ ދިއްލީގެ ލާޖް ޕަޓް ނަގަރު މާކެޓްގަ އެވެ. ހުއްދަ ހޯދައިގެން އެކި ސަރަހައްދުތަކުގައި ބެހެއްޓި ކެރީމެންގެ ކިއޮސްކްތަކާ އެކު ހިދުމަތަށް މިހާރު އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.