ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދު އިންތިހާބުކޮށްފި އެވެ.
ޖޭއެސްސީގެ ނައިބުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޔަޒްމީދު މުހައްމަދު މިދިޔަ މަހު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ޖޭއެސްސީން ވަނީ އެ ކޮމިޝަނުގެ ނައިބަކަށް ޝަހީދު އިންތިހާބުވުމާ ގުޅިގެން މަރުހަބާ ދަންނަވާފަ އެވެ.
ފަނޑިޔާރު ޝަހީދު ޖޭއެސްސީގެ މެމްބަރަކަށް އައްޔަންކުރެއްވީ އޭޕްރީލް 7، 2025 ގަ އެވެ.