ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާތީ ދަ ޑިމޮކްރެޓްސް' އާއި މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ދެ ޕާޓީ އުވާލަން ނިންމީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން މެންބަރުންގެ އަދަދު ހަމަކުރުމަށް ދިން ނޯޓިސްގެ މުއްދަތު ހަމަވިއިރު ވެސް އެކަން ކާމިޔާބުވެފައި ނުވާތީ ކަމަށެވެ.
އެހެންވެ މިއަދުން ފެށިގެން އެ ދެ ޕާޓީ ވަނީ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އުނިކުރަން ނިންމައިފައެވެ.
ދަ ޑިމޮކްރެޓްސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން އިސްކޮށް ހުންނަވައިގެން 2023 ގައި އުފެއްދި ޕާޓީއެކެވެ. އެ ޕާޓީގެ ފަރާތުން އެ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރި އެވެ.
ލޭބާ ޕާޓީ އަކީ ޤާނޫނީ ވަކީލު ޢަބްދުﷲ ޙަސީން އިސްވެ ހުންނަވައިގެން އުފެއްދި ޕާޓީއެކެވެ.