Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

12 އަހަރު ފަހުން ޝިޔާމު ފުލުހުންގެ ވަޒީފާ އަށް

ބާރަ އަހަރަށް ފަހު އިންސްޕެކްޓަ އޮފް ޕޮލިސް އަހުމަދު ޝިޔާމު އަލުން ވަޒީފާއަށް ނިކުންވަން ފައްޓަވައިފި އެވެ.

މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ތުހުމަތުކޮށް އޭނަ ފުލުހުންގެ ވަޒީފާއީން ވަކިކުރީ ކުރީން 2014 ގަ އެވެ.

އެ މައްސަލަ ހައި ކޯޓުން ބެލުމަށް ފަހު ނިންމީ ޝިޔާމަށް އަލުން ވަޒީފާ ދޭން ނިންމީ ދާދި ފަހުންނެވެ. އަދި މިދިޔަ މުއްދަތުގައި މުސާރައިގެ ގޮތުގައި ދޭން ޖެހޭ ފައިސާ ވެސް ދިނުމަށެވެ. ހައިކޯޓްގެ ހުކުމާއި އެއްގޮތަށް ޝިޔާމަށް އަލުން ވަޒީފާ ދީފައިވާ އިރު ޔުނީފޯމްގައި މިއަދު ވަނީ އޮފީހަށް ނިކުންނަން ފައްޓަވާފަ އެވެ.

ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ.