ވަރަށް އިތުބާރު ކުރެވޭ ފަރާތަކުން، އެމެރިކާ އާއި އިޒުރޭލާ ބެހޭ ނުރައްކާތެރި މަޢުލޫމާތެއް ލީކުކޮށްލައިފި އެވެ.
އެގޮތުން، އެ ދެ ގައުމު ގުޅިގެން ވަރަށް އަވަހަށް އީރާނަށް އެޓޮމް ބޮމުގެ ޙަމަލާއެއް ދޭނެ ކަމަށް، އެފަރާތުން ވަނީ ހާމަކޮށްފައެވެ. ގަލްފު ސަރަޙައްދަށް ސިފައިން ފޮނުވުމާއި، އޮއިލް ޓޭންކަރުތައް ގޮއްވާލުމާއި، އަދި މިސައިލް ޙަމަލާތަކަކީ ހަމައެކަނި ބަހަނާއެކެވެ.
އަސްލު ތަބާހީ އަންނާނީ އެ ޙަމަލާގެ ފަހުންނެވެ. އަދި އޭގެފަހުން ދުނިޔޭގައި، ވަކިން ޚާއްޞަކޮށް މެދުއިރުމަތީގައި ވަރަށް ބޮޑެތި މުޞީބާތްތަކެއް ފެށިގެން ހިނގައިދާނެ ކަމަށް ބެލެވެއެވެ. މި މަޢުލޫމާތަކީ އެކުވެރި ދައުލަތްތަކުގެ މުނައްޒަމާއާ ގުޅުން ހުރި ޖަމާޢަތެއް ކަމަށްވާ، "ޕެޓްރިއޮޓިކް ވިޝަން އޮގަނައިޒޭޝަން" ގެ އޮފިޝަލެއް ކަމަށްވާ މުޙައްމަދު ސަފާ ހާމަކޮށްފައިވާ މަޢުލޫމާތެކެވެ.
މި މަޢުލޫމާތު ލީކްކޮށްލުމަށް ފަހު، އޭނާ ވަނީ ވަގުތުން މަޤާމުން އިސްތިޢުފާ ދީފައެވެ.
އެންމެ ހައިރާންވާން ޖެހޭ ކަމަކީ، އެ މަޢުލޫމާތު ލީކުކޮށްލިތާ މަދު ގަޑިތަކެއްގެ ތެރޭގައި، އެމެރިކާއިން ވަނީ އީރާނުގެ އިސްފަހާނަށް ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި، އެމެރިކާއިން ވަނީ ސްޓެލްތު ބޮންއަޅާ ބޯޓްތަކެއް ބޭނުންކޮށްގެން، ބަންކަރުތައް ގޮއްވައިލާ 900 ކިލޯ ގްރާމުގެ ބާރުގަދަ ބޮންތައް ބޭނުންކޮށްފައިވެއެވެ. އެ ޙަމަލާގެ އަމާޒަކީ، އީރާނުގެ ނިއުކުލިއަ ފެސިލިޓީތައް ހަލާކުކޮށްލާ، އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމު ހުއްޓުމަކަށް ގެނައުމެވެ. އީރާނާއި، އެމެރިކާއާ އިޒުރޭލު ގުޅިގެން "އޮޕަރޭޝަން އެޕިކު ފިއުރީ" ގެ ނަމުގައި އީރާނާ ދެކޮޅަށް ހަނގުރާމަ ކުރާތާ 97 ދުވަސް ވެއްޖެ އެވެ.
އެއްވެސް ބަޔަކަށް ނޭނގޭ ކަމަކީ އެ ހަނގުރާމަ މިހާރު އެދަނީ، މުޅިން އެހެން މަރުހަލާއަކާ ދިމާއަށެވެ. އެ މަރުހަލާގައި، އެމެރިކާއިން ރާވާފައިވަނީ އީރާނުން ފައްކާކޮށްފައިވާ 400 ކިލޯގެ ޔުރޭނިއަމް އަތުލައި ގަތުމަށެވެ. އެކަމަށްޓަކައި، އެމެރިކާއިން ވަނީ، އީރާނަށް 50،000 ސިފައިންގެ ފައުޖެއް ފޮނުވުމަށް ނިންމާފައެވެ. އެމެރިކާއިން، އީރާނަށް އެ ފައުޖު ފޮނުވައިފި ނަމަ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އެމެރިކާގެ ފައުޖުގެ ދެބައިކުޅަ އެއްބައި މީހުން، އީރާނުން ފަނާކޮށްލާނެއެވެ. އޭގެފަހުން، އެމެރިކާ ފަދަ ޝައިޠާނީ ދައުލަތަކުން، އަދި ރެކިފުތު ކަހަލަ ބޮލުރޮދި ކެނޑިފައިވާ ވެރިޔަކު، އެވަރުގެ ބޮޑު ގެއްލުމެއް ކުރިމަތިވުމުން ހިމޭނުން ހުންނާނެ ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް ރެކިފުތު ހިމޭނަކުން ނުހުންނާނެއެވެ. ޢާލަމީ ތިންވަނަ ބޮޑު ހަނގުރާމަ ރެކިފުތު އިޢުލާން ކުރާނެއެވެ. އެކަމަށްޓަކާ އެމެރިކާއާ، އިޒުރޭލުގެ އަސްކަރިއްޔާ ވަނީ އެއްކޮށްލެވިފައެ ވެ.
މި ހުރިހާ ޚަބަރުތަކެއް ފެންމަތިވަމުންދާ އިރުވެސް، ކަހެރުވަކެކޭވެސް އީރާނުގެ ހިތަކަށް ނާރައެވެ. އަދި، އެކަމާ މެދު އީރާނުން އެއްވެސް ވަރަކަށް ބިރުން އުޅޭހެން ހިއެއް ނުވެއެވެ. އީރާނާއި ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދަނީ ދެވެމުންނެވެ. އެކަމަކު، އީރާނުން ބުނަނީ އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭނެ ކަމަށާއި، އަދި ކެރިގެން އެމެރިކާއާ ކުރިމަތިލައި ހަނގުރާމަ ކުރާނެ ކަމަށެވެ.
އަނެއްކޮޅުން އިންޑިއާ އިން ވެސް ވަރަށް ނުރައްކާތެރި ރޭވުންތަކެއް ރާވާމުންދާ ކަމަށް ޚަބަރު ލިބެ އެވެ. އެގޮތުން އަސްކަރިއްޔާގެ އިސްވެރިންގެ ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން، އިންޑިއާގެ އަސްކަރިއްޔާގެ އާރމީ ޗީފް، ބޮޑެތި ފައްޅިތަކަށް ޒިޔާރަތްކޮށް ގެރިކަލާނގެ ބަރަކާތް ހޯދަމުންދާ ކަމުގެ ޚަބަރުތަކެއް ވަނީ ތިލަވެފައެވެ. އިންޑިއާއިން ވަނީ ޕާކިސްތާނާއި ދެކޮޅަށް "ސިންދޫރު އޮޕަރޭޝަން 2" ފައްޓާނެ ކަމުގެ އިންޒާރު ދީފައެވެ. ކުރިއަށް އޮތީ، ވަރަށް ނުރައްކާތެރި ދުވަސްކޮޅެކެވެ.
ރައްކާވެ ތިބިއްޔާ ދަތުރެވެ.
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.