Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

އަންހެނުންގެ އިސްލާމިކް ލީޑަޝިޕް ޕްރޮގްރާމެއް

އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ އިސްލާމިކް ލީޑަޝިޕް ޕްރޮގްރާމެއްގައި ބައިވެރިވާން އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

މި ޕްރޮގްރާމް ބާއްވަން ހަމަޖެހިފައި ވަނީ މާދަމަ އާއި އަންނަ ހުކުރު ދުވަހު މާލޭގެ ސަލްމާން މިސްކިތުގަ އެވެ. އެހެންވެ ބައިވެރިވާން ޝައުގުވެރިވާ 18-35 އަހަރާ ދެމެދުގެ ޒުވާން އަންހެނުންނަށް މިހާރު އޮތީ ޕްރޮގްރާމްގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމިކް ލީޑަޝިޕް ޕްރޮގްރާމްގައި ބައިވެރިވެ އެންމެ މޮޅު ސިފަތައް ދައްކުވައިދޭ 10 މީހަކަށް މިނިސްޓްރީގެ ލީޑަޝިޕް އެމްބެސެޑަރުގެ މަގާމު ދޭނެ ކަމަށެވެ.

އިސްލާމިކް ލީޑަޝިޕް ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް ސެޓްފިކެޓް ވެސް ދޭން ހަމަޖެހިފައިވާ އިރު، މި ޕްރޮގްރާމްގެ ތެރެއިން ލީޑަޝިޕާ ގުޅުން ހުރި ގިނަ ސެޝަންތަކެއް ކުރިއަށް ގެންދާނެ އެވެ.