މަސްވެރިންނަށް ޚާއްސަ އަގެއްގައި ދޫކުރާ ތެޔޮ ތިނަދޫ ސިޓީން ވެސް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
މަސްވެރިންނަށް އެސްޓީއޯ ރޭޓްގައި ކުރިން ތެޔޮ ފޯރުކޮށް ދެމުން ދިޔައީ 4 ސަރަހައްދަކުންނެވެ. ނަމަވެސް މިހާރު އިތުރު 11 ސަރަހައްދަކުން ތެޔޮ ފޯރުކޮށް ދޭން ވަނީ ފަށައިފަ އެވެ.
މިހާރު ހާއްސަ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެހިފައި ނުވަނީ ރ. އަތޮޅާއި ތ. އަތޮޅުގަ އެވެ.
ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެމުން އަންނަ އިރު، 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5،000 ލީޓަރު ދޫކުރެ އެވެ. އަދި 50-85 ފޫޓާ ދެމެދުގެ އުޅަނދުތަކަށް 3،000 ލީޓަރު މީގެ އިތުރުން 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1،500 ލީޓަރު ތެޔޮ މިފްކޯއިން މަސްވެރިންނަށް ދޫކުރެ އެވެ.