ބޭނުން ވަނީ ދަރިފުޅު އެތުލީޓަކަށްވާން ކަމަށް އިންޑިއާގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ބުނެފި އެވެ.
އާލިއާ އާއި އެކްޓަރު ރަންބީރް ކަޕޫރްގެ ދަރިފުޅަކީ މިހާރު ތިން އަހަރުގެ ރާހާ ކަޕޫރެވެ. މިއީ =ދެ ތަރިންގެ ފުރަތަމަ ދަރިފުޅެވެ.
ފެމިނާ އަށް ދިން އިންޓަވިއުއެއްގައި އާލިއާ ބުނީ އެހާ ކުޑައިރު ވެސް ދަރިފުޅަކީ ވަރަށް ހަރަކާތްތެރިކޮށް އުޅޭ އަދި ކަންކަމުގައި ވަރަށް ވާދަވެރި ކުއްޖެއް ކަމަށެވެ. އެހެންވެ ދަރިފުޅަކީ ކޮންމެ ވެސް ކަހަލަ ކުޅިވަރަކުން ކުރިއަށް ދާނެ އެތުލީޓަކަށް ވާން އުންމީދުކުރާ ކަމަށް ބުންޏެވެ.
އާލިއާ ބުނީ އޭނަ އަކީ ޓީމު ވޯކަށް ވަރަށް ލޯބިކުރާ މީހެއް ކަމަށާއި ދަރިފުޅަކީ ވެސް ހަމަ އެ ކަހަލަ ކުއްޖަކަށް ވާން ވަރަށް އެދޭ ކަމަށެވެ. ނެޝަނަލް އެވީޑް ވެސް ހާސިލުކޮށްފައިވާ ބަތަލާ ވަނީ ފިލްމު ކުޅޭ މީހަކަށް ނުވި ނަމަ އޭނަ ވެސް ކޮންމެވެސް ކުޅިވަރެއް ކުޅޭ މީހެއްގެ ގޮތުގައި ފެނުނީސް ކަމަށް ބުނެފަ އެވެ. އާލިއާ އަކީ މިހާރު ބޮލީވުޑްގައި ތިބި ބަތަލާއިންގެ ތެރެއިން އެންމެ ހުނަވެރި އަދި އެންމެ ކާމިޔާބު އެކެކެވެ.
އޭނަގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހު ގެނެސްދޭން ހަމަޖެހިފައިވާ 'އަލްފާ' އެވެ.