Last Updated: June 4, 21:55
Thursday, June 4, 2026
ޚަބަރު

ދެ ރީޖަނެއްގެ ފުލުހުންނަށް ޝަރަފުގެ ނިޝާން ދީފި

ފުލުހުންގެ ދެ ރީޖަނެއްގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

އެ ރީޖަނަކީ ނޯތު ޕޮލިސް ރީޖަނާއި ނޯތު ސެންޓަރަލް ޕޮލިސް ރީޖަން އެވެ.

ދެ ރީޖަންގައި ވަކިވަކިން ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި އެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ހަވާލުކޮށް ދެއްވީ ޕޮލިސް ކޮމިޝަނަރު އަޙްމަދު މުޙައްމަދެވެ.

ނޯތު ޕޮލިސް ރީޖަންގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު ބޭއްވީ ބ. މާޅޮހުގަ އެވެ. ނޯތު ސެންޓްރަލް ޕޮލިސް ރީޖަންގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު އޮތީ އއ. ފެރިދޫގަ އެވެ.

އެ ދެ ރަސްމިއްޔާތުގައި ނޯތު ޕޮލިސް ރީޖަންގެ 33 ފުލުހަކާއި، ނޯތު ސެންޓްރަލް ޕޮލިސް ރީޖަންގެ 13 ފުލުހަކަށް ޝަރަފުގެ ނިޝާން ލިބިފައިވެ އެވެ.

ޝަރަފުގެ ނިޝާން ލިބުނު ފުލުހުންގެ ތެރޭގައި ކޮމިޝަންޑް އޮފިސަރުން ވެސް ހިމެނެ އެވެ.