ނ. ލަންދޫގައި ހުމެއް ފެތުރި، ގިނަ ބަޔަކު ބަލިވަމުންދާތީ ކޮވިޑާއި އިންފްލުއެންޒާ އަށް ޓެސްޓުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިިފި އެވެ.
ލަންދޫ ސިއްހީ މަރުކަޒުން ބުނީ އާއްމުކޮށް ގަދައަށް ހުން އައިސް، ކެއްސައި، ގައިގެ ވަރުދެރަކޮށްލާ އެ ބަލި ފެތުރެން ފެށީ މި ޗުއްޓީގެ ތެރޭގައި ކަމަށެވެ. އެވެ. ސިއްހީ މަރުކަޒުން ބުނި ގޮތުގައި މިހާރު ކޮންމެ ދުވަހަކުހެން 30 އަށް ވުރެ ގިނަ މީހުން ބަލިވެގެން ޑޮކްޓަރަށް ދައްކަ އެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކު އެޑްމިޓްކޮށްގެން ފަރުވާ ހޯދަން ޖެހޭ ކަމަށް ބުންޏެވެ.
މިކަމާ ހެދި ލަންދޫގައި ސްކޫލަށް ނުދާ ކުދިންގެ އަދަދު ވެސް ދަނީ ގިނަވަމުންނެވެ.
ސިއްހީ މަރުކަޒުން ބުނީ ފުރަތަމަ ބަލި ދެނަގަތުމަށް ޓެސްޓުތައް ހެދުމަށް ފަހު ވަކި ގޮތެއް ނިންމަން އެދިފައިވާ ކަމަށެވެ.
އިންފްލުއެންޒާ އާއެކު ހުމުގެ ރޯގާއެއް ފެތުރޭތީ ސަމާލުވުމަށް ވެސް ދާދި ފަހުން އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެ އެވެ.