މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ރަސްމީ އިހްތިފާލްތައް ބޭއްވުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމުގެ މުއްދަތު ފިޝަރީޒް މިނިސްޓްރީން އިތުރުކޮށްފި އެވެ.
މިނިސްތްރީން ބުނީ މުއްދަތު އިތުރުކުރީ އަޟްހާ އީދުގެ މުނާސަބަތާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކެއް އައުމާ ގުޅިގެން ކަމަށެވެ. ކުރިން ދިން މުއްދަތު ހަމަވީ މިދިޔަ މަހުގެ 31 އަށެވެ.
އެހެންވެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބޭނުންވާ ރަށްރަށުން އެކަމަށް އެދި އެދުމުގެ ފުރުސަތު މިހާރުު ވަނީ މި މަހުގެ 14 އާ ހަމަައަށް އިތުރުކޮށްފަ އެވެ. އެކަމަށް އެދި ހުށަހަޅާނީ މިނިސްޓްރީގެ އީ-ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށެވެ. ހުށަހަޅަންޖެހެއެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު 3339274 އިން ހޯދޭނެ އެވެ.
މަސްވެރިންގެ ދުވަސް ފާހަގަ ކުރަނީ ރާއްޖޭގެ މަސްވެރިންގެ އަގުވަޒަންކޮށް، މަސްވެރިންގެ މަސައްކަތްތަކަށް ތަރުޙީބު ދިނުމުގެ މަގްސަދުގަ އެވެ. މަސްވެރިންގެ ދުވަހަކީ ޑިސެންބަރު 10 އެވެ.
މިދިޔަ އަހަރު މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރީ ރ. ދުވާފަރުގަ އެވެ.