Last Updated: April 29, 22:11
Monday, April 29, 2024
ޚަބަރު

މާލޭ ޖަލުގައި ހަމަނުޖެހުމެއް ހިނގައި ގައިދީއަކަށް އަނިޔާތަކެއް!

ޖަލުގައި ހިނގި ހަމަނުޖެހުމެއްގައި އަތް ބިންދައިގެން ދިޔަ ގައިދީއަކަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާދެމުން އެބަގެންދެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މާލޭ ޖަލުގައި ހިނގި ހަމަނުޖެހުމުގައި އަތް ބިންދައިގެން ދިއުމުގެ އިތުރަށް އަނިޔާތަކެއް ލިބިފައިވަނީ، ހިތަދޫގެ ޒުވާނަކަށެވެ.

އެ ޒުވާނާގެ އަތް ބިންދައިގެން ދިއުމުގެ ސަބަބުން އޮޕަރޭޝަނެއް ކުރަން ޖެހޭތީ މިހާރު އެކަން އާއިލާއަށް މިހާރު ވަނީ އަންގާފައެވެ.

އައްޑޫލައިވް އާއި ވާހަކަ ދައްކަމުން އެ ޒުވާނާގެ އާއިލާގެ މީހަކު ބުނި ގޮތުގައި، މާލޭ ޖަލުގައި ހިނގި ހަމަނުޖެހުމުގައި އެ ޒުވާނާއަށް އަނިޔާވި ވާހަކަ އާއިލާއަށް ފުރަތަމަ ސިއްރު ކުރި ކަމަށެވެ.

" ހާލު ސީރިއަސްވެ އޮޕަރޭޝަން ކުރަން ޖެހުނީމާ މިއެންގީ އާއިލާއަށް. އޭގެ ކުރިން އަންގާފައެއް ނުވޭ. އަތް ބިންދައިގެން ގޮސް އިތުރު އަނިޔާތަކެއް ލިބިފައިވާ ކަމަށް ވޭ. އަދި އާއިލާގެ މީހަކަށް އެތަނަށް ނުދެވޭ."

މައުލޫމާތު ލިބިފައިވާ ގޮތުގައި މާލޭ ޖަލުގައި ހަމަނުޖެހުން ހިނގާފައި ވަނީ، ގޮޅީގައި ތިބި ކުށްވެރިންތަކެއް ނެރެން އުޅުމުގެ ތެރޭގައި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފަކު ގައިދީ އަކަށް އަނިޔާކުރުމުން ހިނގި ހަމަނުޖެހުމެއްގައެވެ.

މި ހަމަނުޖެހުމުގައި އިތުރު ތިން ގައިދީއަކަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެއެވެ.