Last Updated: June 4, 21:55
Thursday, June 4, 2026
ޚަބަރު

ޗެއާޕާސަން އިންތިހާބަށް ވާޑު ވާދަނުކޮށް، މީކާއީލަށް ތާއީދު

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ބާއްވަން ކުޑަތަންވެފައި ވަނިކޮށް އެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ އިބްރާހީމް މުހައްމަދު (ވާޑު) ވާދަނުކުރައްވަން ނިންމަވައި މީކާއީލް ނަސީމަށް ތާއީދު ކުރަން ނިންމަވައިފި އެވެ.

މިކަން ވާޑު އިއުލާން ކުރައްވާ ވީޑިއޯ މީކާއީލް މިއަދު ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާ ކުރައްވައިފަ އެވެ. އެ ވީޑިއޯގައި ވާޑު ވިދާޅުވީ އެމްޑީޕީން ޒުވާން ލީޑަޝިޕަކަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އެކަމަކު ކުރީގެ ރައީސް މުހައްމަދު ނަޝީދު ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމަކި އެކަމަށް އޮތް ހުރަހެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވާޑު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ އުންމީދު ކުރެއްވީ ނަޝީދު ވާދަނުކުރައްވައި، އޭނަ އާއި މީކާއީލް ވާދަކުރައްވާ އިންތިބާހަކަށް ޗެއާޕާސަން އިންތިހާބު ވާނެ ކަމަށް ކަމަށެވެ. ނަމަވެސް މިހާރު ނިންމެވީ އަމިއްލަ އަށް ވާދަނުކުރައްވައި މީކާއީލް ތާއީދު ކުރެއްވުމަށް ކަމަށް ވާޑު ވިދާޅުވި އެވެ.

ޗެއާޕާސަން އިންތިހާބު އޮންނާނީ މި މަހުގެ 12 ގަ އެވެ.