Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ފެން ކުންފުންޏާއި މައުމޫން ފައުންޑޭޝަންގެ އެެއްބަސްވުމެއް

މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށް ދިނުމަށް މައުމޫން ފައުންޑޭޝަނާއި އެމްޑަބްލިޔުއެސްސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި އިއްޔެމައުމޫން ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ ދަރިކަލުން ފާރިސް މައުމޫނެވެ. އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ.

އެ ކުންފުނިން ބުނީ ގޮތުގައި މިއީ އެމްޑަބްލިއުއެސްސީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) އިނިޝިއޭޓިވްސްގެ ދަށުން ރާއްޖޭގެ ތައުލީމީ ދާއިރާއަށް އެހީތެރިކަން ފޯރުކޮ ށްދިނުމަށް ވެވުނު މުހިންމު އެއްބަސްވުމެއް ކަމަށެވެ. އެއްބަސްވުމުގެ ދަށުން، މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް އާ ފުރުސަތުތަކެއް ފުޅާވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފެން ކުންފުނިން ބުނި ގޮތުގައި އެއްބަސްވުމުގެ ދަށުން ސްކޮލަޝިޕް ދޭނީ ގައުމީ ޔުނިވާސިޓީގައި މާސްޓާސް ޑިގްރީ ޕްރޮގްރާމެއްގައި ކިޔަވާ ދަރިވަރަކަށެވެ.

"ކުރިއަށް އޮތްތަނުގައި ވެސް މައުމޫން ފައުންޑޭޝަނުން ކުރާ މަސައްކަތްތަކުގައި އެމްޑަބްލިއްއެސްސީގެ އެހީތެރިކަމާއި އެއްބާރުލުން ދޭނެ." ފަހުމީ ވިދާޅުވި އެވެ.