Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ރައީސް އޮފީހުގެ މަގާމަކަށް ނާޒިމް އައްޔަންކޮށްފި

ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް، ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ އިސް މަގާމަކަށް އައްޔަންކޮށްދި އެވެ.

އޭނަ އައްޔަންކުރީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ. ނާޒިމު އެ މަގާމަށް އޭނާ އައްޔަންކުރީ މި ހަފުތާގެ ތެރޭގައެވެ.

ނާޒިމް ހެލްތު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ ކެބިނެޓަށް ގެންނަން ނިންމި ބަދަލާ ގުޅިގެން އޭޕްރީލް 14 ގަ އެވެ.

މި ސަރުކާރުގައި ނާޒިމް އެންމެ ފުރަތަމަ އަދާކުރެއްވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމެވެ. އޭގެ ފަހުން އޭނަ ކެބިނެޓަށް އައްޔަންކުރީ ސެޕްޓެމްބަރު 30، 2024 ގަ އެެވެ.