Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ކުރީގެ އަނބިމީހާ ވިއްކާލާނެ ކަަމަށް ބުނެ އިންޒާރުދިން މައްސަލައެއް

އަންހެނަކަށް އޭނާގެ ކުރީގެ ފިރިމީހާ ބިރުދައްކާ އެހެން މީހަކަށް ވިއްކާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

މި މައްސަލަ ހުށަހެޅި ފަރާތުން ދީފައިވާ މައުލޫމާތުގައިވާ ގޮތުގައި، އެ އަންހެން މީހާގެ ކުރީގެ ފިރިމީހާ ވަނީ އެ އަންހެން މީހާ އެހެން މީހަކަށް ވިއްކާލާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި މައްސަލާގައި ޖިންސީ ގޯނާގެ އެއްވެސް ތުހުމަތެއް ހިމެނިފައެއް ނުވެއެވެ. އަދި އެ އަންހެން މީހާ އެހެން ފަރާތަކަށް ވިއްކާލާފައިވާ ކަމަށް ނުވަތަ އިންސާނީ ވަގުފާރީގެ މުއާމަލާތެއް ހިންގާފައިވާ ކަމުގެ އެއްވެސް ތުހުމަތެއްވެސް މިހާތަނަށް މި މައްސަލައިގެ ތެރެއިން ފާހަގަވެފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.